ChatCrawlersearch across public Telegram Open the app
Z

ZERO DEGREE CHAT

24 members
22 August 2026
I
Видео
4.3 MB · click to show
⭕ އެމެރިކާގެ ކެފޭއެއްގެ ވަންނަ ދޮރުމަތީގައި "މުސްލިމުން ވަނުން މަނާ" ކަމަށް ލިޔެފައިވާ ބޯޑެއް އިނެވެ. 🔹އޭގެ ފަހުން، މައިކް ޓައިސަން، މަޝްހޫރު ބޮކްސިންގ ތަރި އަދި ދުނިޔޭގެ ޗެމްޕިއަން އެ ކެފޭގެ ތެރެއަށް ވަދެ ނަމާދުކުރަން ފެށިއެވެ. ➖އޭނާ ނަމާދުކުރީ ޖަމާޢަތުގައެވެ! 😆😂😂 🫡
121 ·
23 August 2026
24 August 2026
Видео
3.6 MB · click to show
⭕ ޔުނައިޓަޑް ސްޓޭޓްސް ގެ ނިރުބަވެރި އާމީ (ދުނިޔޭގަ އުފެދުނު އެންމެ ބޮޑު ޓެރަރިސްޓް އޯގަނައިޒޭޝަން) ވިއެޓްނާމްގެ މީރުފެން ކޯރުތަކަށް ޒަހަރު އަޅާ މަންޒަރު: ވިއެޓްނާމުގެ ފެން އުފައްދައިދޭ ނިޒާމުތަކަށް އަޅާފައިވާ އެޖެންޓް އޮރެންޖްގައި ހިމެނޭ ޑައިއޮކްސިންގެ ސަބަބުން، ޖީލުތަކަކަށް ފަހުންވެސް އަދިވެސް އަންނަނީ ކުދިން އުފަންވާއިރު އަންނަ ނުކުޅެދުންތެރިކަންފަދަ އެކި ބޮޑެތި މައްސަލަތައް ކުރިމަތިވަމުންނެވެ. އަމިއްލައަށް އެކަން ހޯދާލައިގެން ބަލާލިޔަސް ވަރަށް ބޮޑަށް ހައިރާންވާނެއެވެ.
101 ·
Фотография
click to show
⭕ ޔަމަނުގެ އަންޞާރުﷲ ޖަމާޢަތުން ރަތްކަނޑުގައިވާ ޔަންބުޢުގެ ގޮނޑުދޮށުން 63 ނޯޓިކަލް މޭލު ބޭރުން ސަޢޫދީގެ ތެޔޮ އުފުލާ އުޅަނދަކަށް ހަމަލާދީފިއެވެ.
88 ·
🔴ޣައްޒާގެ ދާޚިލީ ވުޒާރާ: ފުލުހުންނާ ދެކޮޅަށް ހިންގަމުންދާ ނުރައްކާތެރި ޢުދވާންތަކާއި ގަތުލުއާމްތައް ވަގުތުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް މެދުވެރިންނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް އިލްތިމާސްކުރަމެވެ. 🔴ޕްރެސް ބަޔާން: އިސްރާއީލު އިސްތިއުމާރީ ބާރުތަކުން ޣައްޒާ ސިޓީގައި ސިވިލް ފުލުހުންގެ އޮފިސަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށް އަނިޔާވެރި އާ ގަތުލުއާމެއް ހިންގައިފިއެވެ. 🔴ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާ: ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 10 މީހުން ޝަހީދުވެ، 25 މީހުން ޒަޚަމްވެއްޖެއެވެ.
93 ·
Фотография
click to show
⭕ ޔޫކްރޭނުން ރޫސީވިލާތުގެ ތެޔޮ ސާފުކުރާ ދެ ކާރުޚާނާއަކަށް ދިން ޑްރޯން ޙަމަލާ 🔹 ޔޫކްރޭނުގެ ޑްރޯން ޙަމަލާތައް ރޫސީވިލާތުގެ ނޮވޯކުއިބިޝެވްސްކް އަދި ޕާރމް ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އަމާޒުކޮށް، އެ ތަންތަނުގެ މަސައްކަތްތަކަށް ވަނީ ބުރޫއަރުވާލާފައެވެ. 🔹 މި ޙަމަލާތަކުގެ ސަބަބުން ރޫސީވިލާތުގައި ޕެޓްރޯލް އުފައްދާ މިންވަރު ދައްވެ، ތެލުގެ އަގުތައް ވަނީ އުފުލިގެން ގޮސްފައެވެ
87 ·
Стикер
7.3 MB · click to show
⭕ ފަލަސްތީނުގެ ރައްޔިތަކު ޒަޔަނިސްޓަކަށް ވަޅިއަކުން ހަމަލާދީ އޮޕަރޭޝަނެއް ހިންގައިފިއެވެ.
81 ·
Фотография
click to show
⭕ ޖެނެރަލް ގާނީ: ފަލަސްތީނުގެ އަމާޒަކީ ދިރިދިރި އޮތް، އަދި ބަދަލުނުކުރެވޭނެ އަމާޒެއް: ➖އައި.އާރް.ޖީ.ސީ ގެ ގުދްސް ފޯސްގެ ކޮމާންޑަރު: 🔹 ރަޙުމާންވަންތަ، ރަޙީމްވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ކަނޑުން ފެށިގެން ކޯރާއި ހަމައަށްވާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ އަމާޒަކީ މީގެކުރިން އެއްވެސް އިރަކު ނުވާވަރަށް މިހާރު ދިރިދިރި އޮތް، އަދި ޙާޞިލުކުރެވޭނެ އަމާޒެކެވެ. 🔹 ޞަހްޔޫނީން ހިންގާ ޖަރީމާތަކާއި، ވަޒަންވެރިން އިތުރުކުރަން ކުރާ މަސައްކަތަކީ އަޅުވެތިކޮށްފައިވާ ސަރަޙައްދުތަކުގައި އިޒްރާއީލާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ކުރިމަތިވެފައިވާ އަސްކަރީ، ސެކިއުރިޓީ، ސިޔާސީ އަދި އިޖުތިމާއީ ވަރުގަދަ އަޒުމުގެ ތެރެއިން ރެކެން ޔަހޫދިން ކުރާ މަސައްކަތެކެވެ. އަދި އޮކްޓޯބަރު 7 ގެ ފަހުން އެމީހުންނަށް ލިބުނު އިސްތިރާޖީ ބަލިވުންތައް މިކަމުން އޮޅުވައެއް ނުލެވޭނެއެވެ. 🔹 ފަލަސްތީނުގެ އަމާޒަކީ ދިރިދިރި އޮތް، ބަދަލުނުކުރެވޭނެ އަމާޒެކެވެ. އެއީ ﷲ ގެ ހެޔޮރަޙުމަތްފުޅާއެކު، ޙައްޤަށް ނަޞްރު ލިބެންދެން ސާބިތުކަންމަތީ ދެމިއޮންނާނެ އަމާޒެކެވެ. ➖ ނޯޓް: ގުދުސް ފޯސް އަކީ 1979 ގެ އިންގިލާބަށް ފަހު، އީރާނުގެ ޤާނޫނު އަސާސީ އިން ބާރުލިބިގެން އުފައްދާފަވާ މުޅިން ސިއްރިޔާތުގަ އޮޕަރޭޓް ކުރާ ވަކި ޙާއްސަ ޔުނިޓެކެވެ، މި ޔުނިޓް އަކީ ސީދާ ސްޕްރިމް ލީޑަރަށް ރިޕޯޓް ކުރާ ބައެކެވެ، މި ޔުނިޓާ މަތި ކޮއްފަ އޮންނަ ޒިންމާއަކީ ޔަހޫދީންގެ ކިބައިން ބައިތުލް މަޤްދިސް މިނިވަން ކުރުމެވެ.
87 ·
I
Фотография
click to show
⭕ ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް ސީއައިއޭ މުނީރު އިރާނުގެ ޕާލަމެންޓުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ.
84 ·
S
Фотография
click to show
⭕ އީރާނުގެ މައްސަލައިގައި ޓްރަމްޕާ އެއްވަރުގެ އެހެން މީހެއް ނެތް ➖އެމެރިކާގެ އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮފެސަރު ސްޓީވަން ވޯލްޓް: 🔹 އީރާނާ މާމެދު ކަންކަން ކުރުމުގައި ޓްރަމްޕާ އެއްވަރުގެ އެހެން މީހެއް ނެތެވެ. އަދި އޭނާ ދައްކަވަނީ ވަރަށް މަޖާ އަދި ޙިކުމަތެއް ނެތް ވާހަކަތަކެކެވެ. 🔹 ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ އާ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެމެރިކާގެ ރައީސް ކުރައްވާ ދައުވާއަކީ ހަމަޖެހޭ ދައުވާއެއް ނޫނެވެ. އަދި އެއިން އަންގައިދެނީ އޭނާއަށް ކުރެވޭނެ އިތުރު ކަމެއް ނެތް ކަމެވެ. 🔹 ހުރުމުޒު ކަނޑުއޮޅި ކޮންޓްރޯލްކޮށް، ޕާޝިއަން ގަލްފުގައި ގާނޫނު ތަންފީޒުކުރަނީ އީރާނުންނެވެ. 🔹 އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް އެމެރިކާގެ ރައްޔިތުންގެ ތާއީދެއް އެއްވެސް އިރަކު ނެތެވެ. އަދި ހަނގުރާމައެއް ނުފެށެނީސް ވެސް އެމެރިކާގެ ގިނަ ރައްޔިތުން އެކަމަށް ތާއީދެއް ނުކުރެއެވެ. 🔹 ޓްރަމްޕް ދައްކަވާ އެއްވެސް ވާހަކަފުޅެއް ނުވަތަ ދޫދިނުންތަކެއްގެ ބަދަލުގައި އޭނާ ވެވަޑައިގަންނަވާ އެއްވެސް ވައުދެއް ނުވަތަ އިގުރާރެއް އީރާނު މީހުން ގަބޫލުކުރާނެ އެއްވެސް ސަބަބެއް ނެތެވެ.
87 ·
GIF
clideo-editor-3feefaa99cb2442097fcb8d9535b603a_0g3DdRoA.mp4 · 171 KB · click to show
⭕ ޕާރސް ޓީވީ: 🔹އީރާނުން ވަނީ ޕާކިސްތާނު މެދުވެރިކޮށް މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ގައުމަށް ހުށަހެޅި، ޓްރަމްޕް ތާއީދުކުރައްވާ ސުލްހައިގެ އެއްބަސްވުމުގެ ހުށަހެޅުން އަނބުރާ ސީދާކޮށް ރައްދުކޮށްފައެވެ. އަދި އެމެރިކާއެކު އަލުން މަޝްވަރާތައް ފެށުމަށްވެސް އީރާނުން ވަނީ އިންކާރުކޮށްފައެވެ.
80 ·
Видео
2.9 MB · click to show
⭕ ޔޫ.އެސް ޓްރެޜަރީ ޑިޕާޓްމަންޓް: 🔹މިއަދުން ފެށިގެން، އައި.އާރު.ޖީ.ސީ އަދި ނުބައިވެގެންވާ އީރާނުގެ ރެޖީމަށް ފައިސާ ލިބޭ ކޮންމެ މަގެއް ބަންދުކޮށް، ފިޔަވަޅުތައް ވަރުގަދަ ކުރާނަމެވެ. އަޅުގަނޑުމެން ތަންފީޒު ކުރަމުން މިދަނީ އެއްވެސް މިންވަރަކަށް ދޫނުދިނުމުގެ ސިޔާސަތެކެވެ. 🔹އަހަރެމެން މިދަނީ "ޖަބްހަތު އަލްނުސްރާ"، ނުވަތަ "ހައިއަތު ތަޙްރީރު އަލްޝާމް" ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓުން އުނިކުރަމުންނެވެ. 🔹"ހައިއަތު ތަޙްރީރު އަލްޝާމް" އަކީ ޢަމަލީ ގޮތުން ބަލާއިރު އައިސިސް އެވެ.. ➖އެމެރިކާ އަކީ ދުނިޔޭގެ ތާރީޙް ދުއް އެންމެ ބޮޑު ޓެރަރިސްޓް ދައުލަތް ކަމުގަ ގިނަބަޔަކު ގަބޫލުކުރެއެވެ، އައިސިސް އުފެއްދީވެސް އެމެރިކާ ސަރުކާރުންކަމުގަ ދޭހަވާ ގޮތަށް ރައީސް އޮބާމާ ބުނެފަވެސް ވެއެވެ..
80 ·
Фотография
click to show
⭕ އެމެރިކާގެ ޓެރަރިސްޓް ރެޖީމުން އީރާނުގެ އައި.އާރް.ޖީ.ސީ ގެ މުހިންމު ލީޑަރުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމެއް ހުށަހަޅައިފިއެވެ.
75 ·
⭕ އަންސާރުﷲ އިން ތާރީޚުގައި ދެވުނު ދުރު ރޭންޖު އެންޓި-ޝިޕް ހަމަލާ ކާމިޔާބުކޮށްފި 🔹ޔަމަނުގެ އަަންސާރުﷲ ޖަމާއަތުން އޮގަސްޓު 24 ގައި، ރަތްކަނޑުގެ އުތުރުން ސައޫދީ އަރަބިއްޔާގެ ތެޔޮ އުފުލާ ޓޭންކަރަކަށް ބެލިސްޓިކް މިސައިލަކުން ވަނީ ހަމަލާދީފައެވެ. މި ހަމަލާއަކީ ސައޫދީއާ ގުޅުންހުރި އުޅަނދުފަހަރަށް ދަތުރުނުކުރެވޭ ގޮތަށް ބްލޮކޭޑެއް ގާއިމުކުރުމަށް އެ ޖަމާއަތުން ކުރިއަށްގެންދާ ހަމަލާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ. 💢 "އަމްޒާން" ޓޭންކަރަށް ދިން ސީދާ ހަމަލާ 🔹އެ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ޔަހްޔާ ސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ޖަމާއަތުން ހަމަލާދީފައިވަނީ ސައޫދީގެ ރަތްކަނޑުގެ ބަނދަރު ރަށެއް ކަމަށްވާ ޔަންބޫގެ އަރިމަތިން ދަތުރުކުރި "އަމްޒާން" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ކަމަށެވެ. 🔹ތަރުޖަމާނު މި ހަމަލާ ސިފަކުރެއްވީ "އަމާޒަށް ވާސިލުވި، ސީދާ" ހަމަލާއެއްގެ ގޮތުގައެވެ. އަދި މި ހަމަލާގެ ސަބަބުން އެ ޓޭންކަރުގައި ވަނީ އަލިފާން ރޯވެފައެވެ. 🔹އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަމަލާ ދީފައިވަނީ "ސައޫދީ ދުޝްމަނުންނަށް" ކަނޑުގެ ދަތުރުފަތުރު މަނާކުރުމަށް އަސްކަރީ ބާރުތަކުން ނިންމާފައިވާ ނިންމުމަށް އަމަލުކުރުމުގެ ގޮތުންނެވެ. މި ސިޔާސަތަކީ ސައޫދީ އިސްވެއޮވެ ޔަމަނާ ދެކޮޅަށް ހިންގާ ބްލޮކޭޑަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ ކަމެއް ކަމަށް އެ ޖަމާއަތުން ބުނެއެވެ. 🔹"އަހަރެމެން މިދަނީ ހިސާރުގެ ބަދަލުގައި ހިސާރުކުރުމުގެ އުސޫލު ވަރުގަދަކުރަމުން،" ސާރީ އިތުރަށް ވިދާޅުވިއެވެ. 💢 1,000 ކިލޯމީޓަރު ދުރުން ދިން ތާރީޚީ ހަމަލާ 🔹ސައޫދީ އަރަބިއްޔާގެ ގައުމީ ޝިޕިން ކުންފުނި "ބަހްރީ" އިން ނެރުނު ބަޔާނެއްގައި "އަމްޒާން" އަށް ހަމަލާއެއް އަމާޒުވިކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ. 🔹އޭގެ ކުރިން، ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ރިޕޯޓުކުރި ގޮތުގައި، ޔަންބޫގެ ހުޅަނގުން 63 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި ތެޔޮ ޓޭންކަރަކަށް ނުއެނގޭ އެއްޗަކުން ވަނީ ހަމަލާދީފައެވެ. އަންސާރުﷲގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުން މި އުޅަނދާ ހަމައަށް 1,000 ކިލޯމީޓަރު ހުރެއެވެ. މިއީ ތާރީޚުގައި ވެސް ކަނޑުގައިވާ އުޅަނދަކަށް އެންމެ ދުރުން ކާމިޔާބުކަމާއެކު ދެވުނ
83 ·
I
💢 މަސްރަހު ނުރައްކާ ވުމުގެ ބިރު 🔹ސާރީ ވިދާޅުވީ އިއުލާނުކޮށްފައިވާ ކަނޑުގެ ބްލޮކޭޑް "އިއުލާނުކުރެވިފައިވާ ހަރަކާތްތެރިވާ ސަރަހައްދުގައި" ކުރިއަށްގެންދާނެ ކަމަށެވެ. އަދި އެ ޖަމާއަތުގެ "ހިސާރުގެ ބަދަލުގައި ހިސާރު" އަދި "ބޮޑުކުރާ ނަމަ ފުރިހަމައަށް ބޮޑުކުރުން" މިއީ ގެންގުޅޭ ސިޔާސަތު ކަމަށް ތަކުރާރުކުރެއްވިއެވެ. 🔹"މާތްރަސްކަލާނގެ ކުޅަދުންވަންތަކަމާއެކު، ކޮންމެ ނުރައްކަލަކާވެސް ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކަކުން، އަދި މިއަށްވުރެ ފުޅާ އޮޕަރޭޝަންތަކަކުން ކުރިމަތިލުމަށް އަހަރެމެން ތިބީ ތައްޔާރަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ. 🔹އަންސާރުﷲ އިން ސައޫދީ އަރަބިއްޔާއާ ދެކޮޅަށް "ކަނޑުގެ ބްލޮކޭޑެއް" އިއުލާނުކުރީ މިދިޔަ މަހުއެވެ. އޭގެ ފަހުން އެ ޖަމާއަތުން ވަނީ ސައޫދީގެ އެއާޕޯޓްތަކަށާއި، ތެޔޮ އުފައްދާ ތަންތަނަށާއި، ޔަމަނު ސަރުކާރުގެ ބާރުތަކަށާއި، ގައުމުގެ އުމްރާނީ ވަސީލަތްތަކަށާއި، ރަތްކަނޑުގައިވާ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ސިލްސިލާ ހަމަލާތަކެއް ދީފައެވެ. 🔹ސައޫދީ އަރަބިއްޔާއިން ދަނީކުލީސިފައިންގެ ބާރުތައް އިސްވެއޮވެ ހޫސީންނާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގުމަށް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. މަސްރަހު ފިނިކުރުމުގެ ގޮތުން އޮމާން މެދުވެރިކޮށް އެ ޖަމާއަތާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ބުނެވެއެވެ. 🔹އަންސާރުﷲގެ އެންމެ ފަހުގެ ހަމަލާތަކުން އަންގައިދެނީ، އެ ޖަމާއަތުގެ ހަމަލާދިނުމުގެ ގާބިލުކަން މިހާރު ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އަސްކަރިއްޔާތަކާ އެއްވަރަށް ކުރިއަރާފައިވާ ކަމެވެ.
87 ·
25 August 2026
S
Видео
56568061_483.mp4 · 10.8 MB · click to show
⭕ އިނގިރޭސިވިލާތުގެ ބޯހިޔާވަހިކަމެއް ނެތުމުގެ ނުރައްކާތެރި ހާލަތު 🔹 ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ހަވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އިނގިރޭސިވިލާތުގެ ވެރިރަށުގައި އެކަނިވެސް، ބޯހިޔާވަހިކަމެއް ނެތި އަދި ނިދާނެ ތަނެއް ނެތި 5،000 އަށްވުރެ ގިނަ މީހުން އެބައުޅެއެވެ. ➖ފާއިތުވި ފަސް އަހަރުގެ ތެރޭގައި މިފަދަ މީހުންގެ އަދަދު ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ. ސިޔާސީ ގޮތުން ހާމަކުރާ ރަސްމީ އަދަދައްތުރެ ހަގީގީ އަދަދު އެތައްގުނައެއް މަތިވާނެއެވެ.
81 ·
Фотография
click to show
⭕ ޖެނެރަލް އަސިމް މުނީރު އީރާނުގެ މަޖްލިސް ސްޕީކަރު ގާލިބާފްއާ ބައްދަލުކުރައްވައިފި: "އަހަރެމެން މި އަންނަނީ ފަހުމުނާމާ ތަންފީޒުކުރުމުގެ މަސައްކަތް ފޯލޯއަޕް ކުރަމުން" ➖ ޖެނެރަލް އާސިމް މުނީރަކީ އިމްރާން ޙާން ގެ ސަރުކާރު ސީއައިއޭ ގެ އެހީއާއި އެކު ވައްޓާލާ ހަރާމް ބަގާވާތް ހިންގި އިރު ޕާކިސްތާނުގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުރި ބޭފުޅާއެވެ، ރައީސް ޓްރަމްޕްގެ އިތުބާރު ހޯއްދަވާފަވާ އަދި ޓްރަމްޕް ވަރައް ތައުރީފް ކުރައްވާ ބޭފުޅެކެވެ.
79 ·
I
id 2103608911⭕ ޖެނެރަލް އަސިމް މުނީރު އީރާނުގެ މަޖްލިސް ސްޕީކަރު ގާލިބާފްއާ ބައްދަލުކުރައްވައިފި: "އަހަރެމެން މި އަންނަނީ ފަހުމުނާމާ ތަންފީޒުކުރުމުގެ މަސައްކަތް ފޯލޯއަޕް ކުރަމުން" ➖ ޖެނެރަލް އާސިމް މުނީރަކީ އިމްރާން ޙާން ގެ ސަރުކާރު ސީއައިއޭ ގެ އެހީއާއި އެކު ވައްޓާލާ ހަރާމް ބަގާވާތް ހިންގި އިރު ޕާކިސްތާނުގެ އ
Фотография
click to show
⭕ General Asim Munir met with the Speaker of the Iranian Parliament, Ghalibaf: "We are following up on the work of implementing the memorandum of understanding." ➖ General Asim Munir is the individual who served as the head of Pakistan's intelligence when Imran Khan's government was overthrown in an unlawful coup carried out with the assistance of the CIA; he is someone who has earned President Trump's trust and whom Trump has praised highly.
Архив по месяцам
Open in Telegram Каталог площадок Искать в ChatCrawler

A snapshot of an open public feed from the search index ChatCrawler — “Google for public Telegram”; refreshed as the venue is crawled. Times are UTC.

Public content only, official Telegram API. About · FAQ · What we do not do · Remove a page · Catalog